classified
ރާއްޖެ

ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފި

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ ---

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމުގެ ހިތާމައިގައި، މިއަދު މެންދުރު 12 އިން ފެށިގެން މާދަމާ މެންދުރު 12އަށް ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުން ވިދާޅުވީ، އެ ގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖެއާއި ޤަޠަރާދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމާއި، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ، ޤަޠަރުގެ އަމީރު ކަމުގެ މަގާމުގައި ހުންނެވިއިރު، ރާއްޖެއާމެދު ބެހެއްޓެވި ގާތްކަމާއި، ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގު ވަޒަންކުރެއްވުގެ ގޮތުން ކަމަށެވެ.

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީގެ ޖަނާޒާ އިއްޔެ ވަނީ ހަށިކޮޅު ފާސްދާނުލައިފައެވެ.

ޝައިހު ހަމަދު ބިން ހަލީފާ އަލްޘާނީއަކީ، ދިވެހިރާއްޖެއަށްވެސް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅެކެވެ. މިގޮތުން މިސްކިތްތަކާއި ސްކޫލުތައް ބިނާކުރުމަށް އެމަނިކުފާނުގެ ދައުރުގައި ގިނަ އެހީތަކެއް ދެއްވާފައިވެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެހީތަކުގެ ތެރޭގައި، ހުޅުމާލޭގެ އެންމެ ބޮޑު މިސްކިތް މަސްޖިދު މުޙައްމަދު ބިން ޤާސިމް ބިނާކުރުމާއި، ހައްދުން މަތީ ގަމުގައި ބިނާކުރި ޤަތަރު އަމީރު ސްކޫލު ފާހަގަކޮށްލެވެއެވެ. އެސްކޫލުގެ ރަސްމީ ނަމަކީވެސް، ޙަމަދުބިން ޚަލީފާ އަލްޘާނީ ސްކޫލެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް