ފިއްލަދޫ ކައުންސިލަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފިއްލަދޫ ކައުންސިލަށް ލަފާދިނުމަށް އެކުލަވާލާ ކޮމިޓީއަށް ކުރިމަތި ލުމުގެ ފުރުޞަތު އެކައުންސިލުން ހުޅުވާލައިފިއެވެ.
ފިއްލަދޫ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި، މިކޮމިޓީއަކީ، ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އެ ނިންމުންތަކަކީ ޒިންމާދާރު އަދި ޖަވާބުދާރީ ކުރުވަނިވި އުސޫލުން ނިންމާ ނިންމުންތަކެއް ކަމުގައި ހެދުމުގެ ގޮތުން، އެކުލަވާލެވޭ ކޮމިޓީއެކެވެ.
މިކަމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން، އެފަރާތަކުން ކުރިމަތިލާ ދާއިރާ އެނގޭނޭގޮތަށް 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން އެކަން ފިއްލަދޫ ކައުންސިލް އިދާރާއަށް ހުށައެޅުއްވުމަށް އެދޭ ކަމުގައި އެކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ކައުންސިލަށް ލަފާދޭ ކޮމެޓީއަށް 6 ދާއިރާއަކުން މެމްބަރުން ޢައްޔަނުކުރުމަށް ވަނީ ނިންމާފައެވެ. އެދާއިރާ ތަކަކީ،
މަސްވެރިން
ޒުވާނުން
ފަތުރުވެރިން
ދަނޑުވެރިކަން
ތަރިކައާއި ޘަޤާފަތް
ވިޔަފާރި (ކެފޭ ހޮޓާ ވިޔަފާރި ހިމެނޭހެން)؛ އެވެ.
މިކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމަކީ، ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ލަފާދިނުމާއި، ކައުންސިލްގެ އަހަރީ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ދިނުމުގެ އިތުރުން، ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި ކައުންސިލަށް ފަންނީ އަދި އިޖުތިމާޢީ ލަފާދިނުން ކަމުގައި ފިއްލަދޫ ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް