ރާއްޖެ

އަލިފާނުގެ ހާދިސާގައި ނިޔާވި ދެމީހެއްގެ ހަށިގަނޑު ޤައުމަށް ފޮނުވައިފި

MARIYAM ZAHA JAMEEL

ލިޔުންތެރިޔާ

އަލިފާނުގެ ހާދިސާގައި ނިޔާވި ދެމީހެއްގެ ހަށިގަނޑު ޤައުމަށް ފޮނުވައިފި

މަރުވި މީހުންގެ ހަށިތައް ދިގުރަށުން މާލެ ގެނައުމަށް ޕިކަޕަކަށް އަރުވާފައި -- ފޮޓޯ: ރައްޔިތުންގެ ނޫސް

ބުރާސްފަތި ދުވަހުގެ ރޭ އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި، ނިޔާވި ބަނގުލަދޭޝްއަށް ނިސްބަތްވާ 5 މީހުންގެ ތެރެއިން ދެމީހެއްގެ ހަށިގަނޑު މިއަދު ބަނގުލަދޭޝްއަށް ފޮނުވައިފިއެވެ.

ބަނގުލަދޭޝް ހައިކޮމިޝަނުން ވިދާޅުވީ، މިއަދު ހެނދުނު 2 މީހެއްގެ ހަށިގަނޑު ބަނގުލަދޭޝްއަށް ފޮނުވާފައި ވާކަމަށާއި، އެހެން މީހުންގެ ހަށިތައްވެސް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މިއަދު ބަނގްލަދޭޝްއަށް ފޮނުވާފައި ވަނީ، އަލިފާނުގެ ހާދިސާގައި މަރުވި ފަސްމީހުންގެ ތެރެއިން ސާދަރު ޢަލީގެ ހަށިގަނޑާއި، ޝަފީޤުލް އިސްލާމްގެ ހަށިގަނޑެވެ. މިހާދިސާގައިމަރުވި އަނެއް ތިން މީހުން ކަމުގައިވާ، ތާޖުއްދީން އިސްލާމް އާއި، ރޮބިން މޯލާ އާއ ނޫރް ނަބީ ސަރްކާރްގެ ހަށިގަނޑު މިވަގުތު ބާއްވާފައި އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގައެވެ.

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، މަރުވި މީހުންގެ ހަށިތައް އަނބުރާ އާއިލާތަކަށް ފޮނުވައިދިނުމުގެ މަސައްކަތް ރާއްޖޭގައި ހުންނަ ބަންގުލަދޭޝް ހައިކޮމިޝަނުން އަންނަނީ ކުރަމުންނެވެ.

ފަސްމީހުން މަރުވި މިހާދިސާ ހިނގީ، ކަންކަން އުޅުމުގެ ތެރޭގައި ގޭސް ލީކުވެ އަލިފާން ރޯވުމަށް ފަހު، ބޮޑު ގޭސްފުޅިއެއް ގޮވުމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް