މިނިވަން ދުވަހުގެ އަސްކަރީ ހިނގާލުން މިރޭ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ދިވެހި ސިފައިންގެ ބޭން ޕާޓީ --
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ މައިދާނީ ކުޅިވަރު ހަރަކާތްތަކާ އެކު ކުރިއަށްގެންދަން ހަމަޖެހިފައިވާ އަސްކަރީ ހިނގާލުން މިރޭ އޮންނާނެ ކަމުގައި އެމްއެންޑީއެފުން ހާމަކުރައްވައިފިއެވެ.
މިހަރަކާތް އޮންނާނީ މިރޭ، 20:30ގައި މާލޭގައެވެ.
ޖުމުހޫރީ މައިދާނުން ފެށުމަށް ހަމަޖެހިފައިވާ އަސްކަރީ ހިނގާލުމުގައި، އެމްއެންޑީއެފް ބޭންޑާއެކު ޖުމްލަ ހަ ގެމަ ބައިވެރިވާނެކަމަށާއި، މި އަސްކަރީ ހިނގާލުމުގައި އެމްއެންޑީއެފްގެ ކޯރތަކާއި ތަފާތު ދާއިރާތަކުގެ ޚިދުމަތްތައް ދައްކާލުމަށް ހަމަޖެހިފައިވާ ކަމުގައި އެމްއެންޑީއެފުން ހާމަކުރައްވައިފިއެވެ.
މި އަސްކަރީ ހިނގާލުމުގެ ލަޝްކަރު، މާލޭގެ ހަތަރު ސަރަހައްދެއްގައި މަޑުކުރާނެއެވެ. އެއީ މަޖީދީމަގާއި ބޮޑުތަކުރުފާނުމަގު ޖަންކުޝަން ކައިރިން އާޓިފިޝަލް ބީޗާއި، އަމީނީމަގު ކުޑަކުދިންގެ ބަގީޗާ ކުރިމަތީގެ އިތުރުން އަމީނީމަގު ގަލޮޅު ޕޮލިސް ކުރިމަތި އަދި ކަޅުތުއްކަލާކޮށީގެ ހުޅަނގު އުތުރު ކަންމައްޗެވެ. ލަޝްކަރު ހުއްޓޭ މި ސަރަހައްދުތަކުގައި ސިފައިންގެ ބޭންޑުން ތަފާތު ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފައިވާކަމުގައިވެސް އެމްއެންޑީއެފުުން ހާމަކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް