classified
ރާއްޖެ

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި، އެޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙް ވޯޓު ލައްވަނީ --- ފޮޓޯ: ޕީއެންސީ

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.

އިންތިޚާބުގެ ވޯޓުލުން މުޅި ރާއްޖޭގައި ފަށާފައި ވަނީ މިއަދު ހެނދުު 9:00ގައެވެ. އަދި ހަވީރު 4:00 އާއި ހަމައަށް ވޯޓުލުން ކުރިޔަށްދާނެ ކަމުގައި ޕީއެންސީން ހާމަކޮށްފައި ވެއެވެ.

މި އިންތިހާބުގައި މާލޭގެ އިތުރުން 131 ރަށުގައި އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދާކަމުގައި ޕީއެންސީން ހާމަކޮށްފައިވެއެވެ.

ޕީއެންސީގެ ދާއިރާތަކަށް އިންތިހާބުކުރާނީ ދާއިރާ ރައީސާއި ދާއިރާގެ ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާއި ޒުވާނުން ހަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސްކަމުގައި އެޕާޓީން ވަނީ ހާމަކޮށްފައެވެ.

ޕީއެންސީއަކީ، މިވަގުތު ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. އެޕާޓީގެ ދަފްތަރުގައި، 74000ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައި ވެއެވެ.

މިއަދު ބާއްވާ އިންތިޚާބަކީ، އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އެޕާޓީގެ ކޮންގްރެސްގައި ދާއިރާތައް ތަމްސީލް ކުރުމަށް މެމްބަރުން ހޮވުމުގެ ގޮތުން ބާއްވާ އިންތިޚާބެކެވެ. މިގޮތުން ދާއިރާތަކަށް 2500 ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ކަމުގައި އެޕާޓީން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް