classified
ރާއްޖެ

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ޝަކީލު ޢައްޔަނުކުރުމަށް ރުހުންދީފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ޝަކީލު ޢައްޔަނުކުރުމަށް ރުހުންދީފި

މުހައްމަދު ޝަކީލް ---

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ޢައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

އޭނާއަށް ރުހުން އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެމްބަރުންގެ ތެރެއިން، 51 މެމްބަރުން ވޯޓު ދެއްވީ، ޝަކީލް އައްޔަނުކުރުމަށް ރުހުން އޮތް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ޝަކީލު ޢައްޔަނުކުރެއްވުމަށް މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވީ، އެކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު، ހުސްވި މެއިމަހުގެ 1 ވަނަ ދުވަހު ކޮމިޝަންގެ ރައީސްގެ މަޤާމާއި މެމްބަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މުޙައްމަދު ޝަކީލު އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމު ފުރުއްވާފައި ވަނީ، ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި، 03 ޑިސެމްބަރު 2014އިން 09 މެއި 2018އަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް