Post banner
ރާއްޖެ

ރާއްޖެ އެތެރެވުމަށްފަހު ވޯކް ވިސާ ނުނެގޭ ގޮތް ހަދައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރާއްޖެ އެތެރެވުމަށްފަހު ވޯކް ވިސާ ނުނެގޭ ގޮތް ހަދައިފި

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން -- ފޮޓޯ: ރައްޔިތުންގެ ނޫސް އާކައިވް

ބައެއް ފަރާތްތަކުން ބިޒްނަސް ވިސާގެ ބޭނުން ނުހަމަ ގޮތުގައި ހިފަމުންދާތީ، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ފިޔަވަޅު އަޅައިފިއެވެ.

މިގޮތުން އެކަން ހުއްޓުވުމަށް އެވުޒާރާއިން ވަނީ، ބިޒްނަސް ވިސާގައި ރާއްޖެއަށް އެތެރެވާ ބިދޭސީންނަށް މިއަދުން ފެށިގެން ވޯކް ވިސާ ދޫނުކުރުމަށް ނިންމާފައެވެ. އެ ވުޒާރާއިން ވިދާޅުވީ، ބިޒްނަސް ވިސާއަކީ ވިޔަފާރީގެ ކަންކަމާ ގުޅިގެން ކުރު މުއްދަތަކަށް ރާއްޖެއިން ބޭރުން ޕްރޮފެޝަނަލް ފަރާތެ އް ގެންނަންޖެހޭ ޙާލަތްތަކުގައި ދޫކުރެވޭ ވިސާއެއް ކަމުގައިވީނަމަވެސ،ް ބައެއް ވިޔަފާރިތަކުން ވަރކް ޕަރމިޓް ހޯދުމުގެ މަސައްކަތް އަވަސްކުރުމުގެ ބޭނުމުގައ،ި ނަހަމަ ގޮތުގައި ބިޒްނަސް ވިސާ ބޭނުންކޮށްގެން ރާއްޖެއަށް މީހުން އެތެރެކުރުމަށްފަހު ވަރކް ވިސާއަށް ބަދަލުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންވެ އެ އުޞޫލު އިޞްލާޙުކޮށް ހަރުދަނާކުރުމުގެ ގޮތުނ،ް 15 ސެޕްޓެމްބަރ 2026 އިން ފެށިގެނ،ް ބިޒްނަސް ވިސާ އަދި ސްޕެޝަލް ވިސާގައި ދިވެހިރާއްޖެއަށް އެތެރެވާ ބިދޭސީންނަށ،ް ރާއްޖޭގައި ތިބެގެން 'ވަރކް ވިސާ' އަށް ބަދަލުނުކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި އެ ވިޒާތަކުގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް 'އެކްސްޕެޓް ސިސްޓަމް' މެދުވެރިކޮށް މިހާރު، ވަރކް ޕަރމިޓަށް އެދި ހުށަނޭޅޭނެ ވާހަކަ ވަޒީފާދޭ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އާއްމުކޮށް އަންގައި އިޢުލާނުކޮށްފައިވާ ކަމުގައިވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް