ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވައްކަން ކުރި ބަޔަކު ހައްޔަރުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ވައްކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން ---
މާލޭގެ ފިހާރައެއްގެ ބިއްލޫރި ގަނޑުތަޅާލައި އެތަނަށް ވަދެ ވައްކަން ކުރި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ބިއްލޫރިގަނޑު ތަޅާލައިގެން ވަގުން ވަދެ ވައްކަން ކޮށްފައި ވަނީ، މާލޭ ހިތަށްފިނިވާމަގުގައި ހުންނަ ހާޑްވެއަރ ފިހާރައަކުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ދިގުވާނޑު، ފެއަރީ، އަޙްމަދު ނަޞްރު (46އ) އާއި ށ. ޅައިމަގު / ހިތަށްފިނިވާގެ، ފާރިސް ޢަލީ ޝަރީފް (35އ) ކަމުގައި ފުލުހުންގެ އިދާރާއި ވިދާޅުވިއެވެ. އަދި އެ މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި ޖުލައި މަހުގެ 4 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ބިއްލޫރިގަނޑު ތަޅާލައި އެ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖުލައި 4 ވަނަ ދުވަހު ކަމަށެވެ. އެ މައްސަލަ ހުށަހެޅުމާއެކު ސީސީޓީވީ ފުޓޭޖު ބަލައި، ވައްކަންކުރި މީހުން ދެނެގަނެ އެ މީހުން ހޯދައި ހައްޔަރުކޮށް އަދި އެ ފިހާރައިން އެ މީހުން ވަގަށްނެގި ލޮއިނަރު ރޯލުތައް މިހާރުވަނީ ވެރިފަރާތާ ހަވާލުކޮށްފައި ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް