classified
ރާއްޖެ

ޤަވާއިދާއި ޚިލާފަށް އުޅޭ 20 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޤަވާއިދާއި ޚިލާފަށް އުޅޭ 20 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިމިގްރޭޝަނާއި ފުލުހުން ކުރިޔަށް ގެންދިޔަ އިންސްޕެކްޝަންގެ ތެރެއިން --- ފޮޓޯ: ރައްޔިތުންގެ ނޫސް

ހުޅުމާލެ ރަށު މާރުކޭޓު ބަލައި ފާސްކޮށް، ޤަވާއިދާއި ޚިލާފަށް އުޅެމުން ދިޔަ 20 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން އިއްޔެ ހުޅުމާލެ ރަށު މާރުކަޓަށް ވަދެ، 55 ބިދޭސީއަކާއި ސުވާލުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ. އޭގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 20 މީހުންނަކީ، ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ މީހުންނެވެ. މި މީހުންގެ ތެރޭގައި ބަނގުލަދޭޝް މީހުންނާއި ނޭޕާލު އަންހެނުންވެސް ހިމެނެއެވެ.

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، އެމީހުން ރާއްޖެއިން ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް