ރާއްޖެ

އެމްޑަބުލިޔުއެސްސީއަށް ސްޓެލްކޯގެ ކުރީގެ އެމްޑީ ފަހުމީ އައްޔަނުކުރައްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެމްޑަބުލިޔުއެސްސީއަށް ސްޓެލްކޯގެ ކުރީގެ އެމްޑީ ފަހުމީ އައްޔަނުކުރައްވައިފި

ސްޓެލްކޯގެ ކުރީގެ އެމްޑީ، ޙުސައިން ފަޙްމީ ---

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް، މ. ފަތަޙަ، ޙުސައިން ފަޙުމީ މިއަދު ޢައްޔަނުކުރައްވައިފިއެވެ،

ފަޙުމީ އެމަޤާމަށް ޢައްޔަނުކުރައްވާފައި މިވަނީ، ކުރިން އެމަޤާމުގައި ހުންނެވި، ރ. ހުޅުދުއްފާރު، ނާރެސް، ޢަބްދުލްމަތީން މުޙައްމަދު މިމަހުގެ 12 ވަނަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވައި އެމަޤާމު ހުސްވުމާއި ގުޅިގެންނެވެ.

ފަޙުމީއަކީ، މިސަރުކާރުއައުމަށްފަހު އެންމެ ފުރަތަމަ ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމަށް ޢައްޔަނުކުރެއްވި ބޭފުޅާއެވެ. އޭނާ އެމަޤާމުން ވަކިކުރެއްވީ، 7 ސެޕްޓެމްބަރ 2025 ގައެވެ. 27 އަހަރަށް ވުރެ ގިނަ ދުވަހު، ސްޓެލްކޯގެ އެކި މަޤާމުތަކުގައި ޚިދުމަތް ކުރެއްވި ފަޙުމީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ވަކިކުރެއްވުމަށްފަހުގައި، ޖެހިގެން އައި ދުވަހު ޢައްޔަނުކުރައްވާފައި ވަނީ، ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ. މިހާތަނަށް އޭނާ ދެމި ހުންނެވީ އެ މަޤާމުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް