classified
ދުނިޔެ

ބާރުގަދަ ދެބިން ހެލުމާއެކު ވެނެޒުއޭލާގެ ވެރިރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބާރުގަދަ ދެބިން ހެލުމާއެކު ވެނެޒުއޭލާގެ ވެރިރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ގާތްގާތުގައި އާއި ބާރުގަދަ ދެ ބިންހެލުމާއި އެކު ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ރޭ ވެނެޒުއޭލާއަށް އައި ފުރަތަމަ ބިންހެލުމަކީ، ރިކްޓަރ މިންގަނޑުން 7.2 ގެ ބިންހެލުމެކެވެ. އެބިން ހެލުން އައިތާ މަދު މިނިޓްކޮޅެއްގެ ތެރޭގައި 7.5ގެ ބާރުގަދަ ބިންހެލުމެއްވެސް އައެވެ.

ބާރުގަދަ ދެ ބިންހެލުމަށް ފަހު، މިހާރުވެސް ލޮޅުންތައް އަރަމުންދާ ކަމުގައި، ވެނެޒުއޭލާގެ މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ. މިބިންހެލުންތަކުގައި ވެރިރަށް ކަރަކަސްގެ ގިނަ އިމާރާތްތަކެއް ބިމާހަމަވެފައި ވާއިރު، މަރުވި މީހުންގެ އަދަދު ވަރަށް ގިނަވެދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިހާތަނަށް ރިޕޯޓްކޮށްފައި ވަނީ ބިންހެލުމުގައި 35 މީހުން މަރުވެފައިވާ ކަމަށެވެ.

ސިވިލްޑިފެންސް ޓީމުތަކުން މިހާރު ގެންދަނީ، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ދިރިތިބި މީހުން ސަލާމަތްކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

ދެކުނު އެމެރިކާގެ ޤައުމެއް ކަމަށްވާ ވެނެޒުއޭލާއަކީ ޓެކްޓޮނިކް ޕްލޭޓްތައް ބައްދަލުވާ ސަރަޙައްދަކަށް ވުމުން އެޤައުމަށް ވަރަށް ބާރުގަދަ ބިންހެލުންތައް އައިސްފައިވެއެވެ.

ވެނެޒުއޭލާގެ ތާރީޚުގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބުނު ބިންހެލުންތަކުގެ ތެރޭގައި 1900 ވަނަ އަހަރު އައި ބިންހެލުމާއި، 1967 ވަނަ އަހަރު ކަރަކަސް (Caracas) އަށް އައި ބިންހެލުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް