ޖަޕާނަށް ބާރުގަދަ ބިންހެލުމަށް އައިސް ސުނާމީގެ އިންޒާރު ނެރެފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޖަޕާނުގެ އިރުމަތީ ސަރަހައްދުން ޕެސިފިކް ކަނޑަށް ރިކްޓަރ ބާރުގަދަ ބިންހެލުމެއް އައިސް އެޤައުމުގެ އިރުމަތީ އައްސޭރިފަށުގެ ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ނެރެވިފިއެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއިން ހާމަކޮށްފައިވާ ގޮތުގައި ރިކްޓަރ މިންގަނޑުން 7.4ގެ ބާރުމިނުގައި މިބިންހެލުން އައިސްފައި ވަނީ، ރާއްޖޭގަޑިން މިއަދު މެންދުރު 12:52 ގައެވެ. ބިންހެލުމުގެ މަރުކަޒު ހުރީ، ހޮންޝުއާގެ އިރުމަތީ އައްސޭރިފަށުން ކަނޑުގެ 6 މޭލު ފުނުގައެވެ.
މިބިންހެލުމާއި ގުޅިގެން ޖަޕާނުގެ އިރުމަތީ އައްސޭރު ފަށުގެ ސަރަހައްދުތަކަށް، 3 މީޓަރުގެ އުސްމިނުގައި ސުނާމީ ރާޅުތައް އަރައިފާނެކަމަށް، ޖަޕާނުގެ މޫސުމާއި ބިންހެލުންތައް މޮނިޓަރ ކުރާ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ޖަޕާނަކީ، ގިނައިން ބިންހެލުންތައް އަންނަ ޤައުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް