ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިލިއަނެއް ހުރަސްކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރާއްޖެއައި އެއްމިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުޚަބާ ކިޔުން --
މިއަހަރުގެ މިހާތަނަށް ރާއްޖެއައި ޓުއަރިސްޓުންގެ އަދަދު މިލިއަނަކަށްވުރެ އިތުރުވެއްޖެއެވެ.
އެއްމިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައި ވަނީ އިއްޔެއެވެ. އެފަތުރުވެރިޔާއަށް މަރުޚަބާ ކިޔުމުގެ ގޮތުން އެއާޕޯޓުގައި ވަނީ ޚާއްބަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ.
ރާއްޖެއައި އެއްމިލިޔަން ވަނަ ފަތުރުވެރިޔާއަކީ، ޤަތަރު އެއާވޭސްގެ ފްލައިޓެއްގައި ރާއްޖެއައި ސްޕެއިންގެ ރައްޔިތެއް ކަމަށްވާ އަލްމުދެންޔާ އަރްޓޯނިއޯ އެސްޕާރްސާއެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދެމިލިޔަނަށް ވުރެ މަތިވެފައި ވާއިރު، މިދިޔަ އަހަރު ރާއްޖެއަށް އެއްމިލިޔަން ވަނަ ފަތުރުވެރިޔާ އައިސްފައި ވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހުގައެވެ. އޭގެ ކުރީއަހަރުގައި އެއްމިލިޔަން ވަނަ ފަތުރުވެރިޔާ ރާއްޖެއައިސްފައި ވަނީ ޖޫން މަހުގެ 27 ވަނަ ދުވަހުގައެވެ.
މެދުއިރުމަތީގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާއި ގުޅިގެން އެކަމުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފައިވެއެވެ. އޭގެ ސަބަބަކަށްވީ ހަމަނުޖެހުންތަކާއި ގުޅިގެން މެދުއިރުމަތިން ރާއްޖެއަންނަ ފްަލައިޓްތައް އައު މެދުކެނޑިގެންދިޔުމާއެކު އެތައްހާސް ބުކިންގސް ތަކެއް ކެންސަލްވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް