ދިއްދޫ ބިންހިއްކުމުގެ މަސައްކަތް ނިންމާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހއ. ދިއްދޫގެ ހިއްކި ބިން --- ފޮޓޯ: އެމްއޭސީއެލް
ހއ. ދިއްދޫގެ ބިންހިއްކުމުގެ މަސައްކަތް ނިމިފައިވާކަމުގައި އެމަސައްކަތް ކުރަމުން އަންނަ އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.
އެކުންފުނިން މިރޭ ވިދާޅުވީ، އެ މަޝްރޫޢުގެ ދަށުން، ޖުމުލަ 112 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށެވެ. މިގޮތުން އެބިން ހިއްކުމަށް 5.4މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައި ވެއެވެ.
އެމަޝްރޫޢުގެ މަސައްކަތް އެމްއޭސީއެލްއިން ފަށާފައި ވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުގައެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައި ވަނީ، މި ފެބުރުއަރީ މަހުގެ 23 ވަނަ ދުވަހުގައެވެ. އެހެން ކަމުން ބިންހިއްކުމުގެ މަސައްކަތަށް ހޭދަވެފައި ވަނީ ޖުމުލަ 50 ދުވަހެވެ.
ހއ. ދިއްދޫގެ ބިން ހިއްކުމާއި އެއާޕޯޓެއް ތަރައްޤީކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް