Post banner
ވިކުރާ

ބީއެމްއެލްއަށް 6 މަސް ދުވަހުން އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބީއެމްއެލްއަށް 6 މަސް ދުވަހުން އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ މުއްދަތުގައި ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމުގައި ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުގައި، 6 މަސްދުވަހުގެ ޖުމްލަ އާމްދަނީ، 3.2 ބިލިއަން ރުފިޔާއަށް އެރި އިރު، ބޭންކަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ ތެރެއިން 1.6 ބިލިއަން ރުފިޔާއަކީ، އިންޓަރެސްޓްގެ ގޮތުގައި ބޭންކަށް ލިބުނު އާމްދަނީއެވެ. އަދި ސާފު ފައިދާގެ ގޮތުގައި، 1.3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. ހަމައެކަނި ދެވަނަ ކުއާޓަރަށް ބަލާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 887 މިލިއަން ރުފިޔާގައި ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 647 މިލިއަން ރުފިޔާ ލިބިފައިވާ ކަަމަށާއި، މިއީ ބޭންކުގެ މައިގަނޑު ވިޔަފާރީގެ ދެމެހެއްޓެނިވި ކުރިއެރުން ދައްކުވައިދޭ އަދަދުތަކެއް ކަމުގައިވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލް 2026 ވަނަ އަހަރުގެ ދެވަނަ ހަ މަސްދުވަހާ ކުރިމަތިލަނީ މާލީގޮތުން ވަރުގަދަ، ހަރުދަނާ ބެލެންސް ޝީޓަކާއި، ރަނގަޅު ކެޕިޓަލް އަދި ލިކުއިޑިޓީ ހާލަތެއްގައި އޮވެގެންނެ ކަމުގައި ބީއެމްއެލްއިން ވަނީ ބުނެފައެވެ. ބޭންކުގެ ދުރުރާސްތާ ސްޓެރެޓެޖީތައް ފަރުވާތެރިކަމާއެކު ތަންފީޒުކޮށް، ކަސްޓަމަރުންނާއި ވިޔަފާރިތަކުގެ އިތުރުން ގައުމީ އިގްތިސާދީ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކު އޮންނާނީ ސާބިތުކަމާއެކުގައި ކަމަށްވެސް ބީއެމްއެލްއިން ހާމަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް