Post banner
ރާއްޖެ

ކައުންސިލްތަކުން ސަރުކާރަށް ބިން އަތުލެވޭ އިސްލާޙް ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކައުންސިލްތަކުން ސަރުކާރަށް ބިން އަތުލެވޭ އިސްލާޙް ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކައުންސިލްތަކުގެ އިޚްތިޞާސްގައި ހިމެނޭ ބިންތައް ސަރުކާރަށް އަތުލެވޭ ގޮތަށް، ލާމަރުކަޒީ ޤާނޫނަށް ހުށައަޅާފައި އިސްލާޙް، ބަދަލުތަކަކާއި އެކު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފިއެވެ.

މި ބިލް ކޮމިޓީން ފާސްކޮށްފައި ވަނީ ރޭގައެވެ.

ބިލްފާސްކުރުމުގައި ކޮމިޓީން އިތުރުކޮށްފައި ވަނީ، ކައުންސިލްގެ އިޙްތިސާސްއިން ވަކިކޮށް ނަގާ ބިމެއްގައި އިންވެސްޓްމެންޓެއް ކޮށްފައިވާނަމަ އެތަނަކަށް ބަދަލުދޭ ގޮތަށެވެ.

ލާމަރުކަޒީ ޤާނޫނަށް އިސްލާޙް ގެނައުމަށް ބިލް ހުށައަޅާފައި ވަނީ، ތުޅާދޫ ދާއިރާގެ މެމްބަރު ޢަބްދުލްހަންނާނެވެ. އޭނާ ހުށައަޅުއްވާފައިވާ ބިލުގައި، ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި، ވަޒީރުންގެ މަޖިލީހުން ނިންމައިގެން ކައުންސިލްގެ އިޙްތިސާސްގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގޭނެއެވެ.

މި އިސްލާޙާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށައަޅާފައި ވާއިރު، އާއްމުން ހުށައެޅި ޕެޓިޝަނާއި ދެކޮޅަށް، އިސްލާޙް ފާސްކުރުމަށް މަޖިލީހުގެ ޤަވާއިދަށް ބަދަލުގެނެސް ޕީއެންސީއަށް ތާއީދުކުރާ ފަރާތްތަކުން އިތުރު ޕެޓިޝަނެއް މަޖިލީހަށް ވަނީ ހުށައަޅާފައެވެ. ކޮމިޓީން ބިލް ފާސްކޮށްފައި ވަނީ، ޕެޓިޝަންތަކުގައި ހުށައަޅާފައިވާ ކަންބޮޑުވުންތަކަށް ރިޢާޔަތް ކުރުމެއް ނެތިއެވެ.

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ލާމަރުކަޒީ ޤާނޫނަށް ގެންނަ މިއިސްލާޙް ފާސްކުރާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް