ގޮދަޑިއެއްގައި އަލިފާން ރޯވެގެން، މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ގޮދަޑިއެއްގައި އަލިފާން ރޯވެގެން،ގ.ހުދުރުވާގޭގައި ހިނގި އަލިފާނުގެ ހާދިސާ --- ފޮޓޯ: އެންޑީއެމްއޭ
މާލޭގެ ގަލޮޅު ގެއެއްގައި ގޮދަޑިއެއްގައި އަލިފާން ރޯވެ، އަލިފާނުގެ ހާދިސާއެއް މިއަދު ހެނދުނު ހިނގައިފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި ގަލޮޅު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މިއަދު ހެނދުނު 8:45 ގައި ވަނީ އެ އިދާރާއަށް ރިޕޯޓުކޮށްފައެވެ.
އެމްޑީއެމްއޭގެ ފަރާތުން ވެސް ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، ހާދިސާ ހިނގީ ގ. މިތުރު ގޭގައި ކަމަށް މި ނޫހަށް ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ފަރާތުން ވިދާޅުވީ، އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސަސް އިން ހަރަކާތްތެރިވެފައިވާކަމަށެވެ. އަދި އަލިފާން ނިއްވާލެވިފައިވާކަމަށް ވިދާޅުވިއެވެ.
ގަލޮޅުގައި ހިނގި މި ހާދިސާގެ އިތުރުން މާލެގެ މާފަންނުގައި ހުންނަ ޖަޔާކުޝަން ކައިރި ހުރި އިމާރާތެއްގައި ވެސް މިއަދު ވަނީ ވަރަށް ބޮޑަށް ރޯވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް