އިންޓަރ އޮފީސް ކުޅިވަރު މުބާރާތްތަކުގެ ފައިނަލް މެޗުތައް މިއަދާއި މިރޭ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިންޓަރ އޮފީސް ފިޓުސަލް މުބާރާތުގެ ތެރެއިން ---
ހަނިމާދޫ ކައުންސިލް އިންޓަރ އޮފީސް ފުޓްސަލް އަދި ހޭންްޑްބޯޅަ މުބާރާތުގެ ފައިނަލް މެޗުތައް މިއަދާއި މިރޭ ކުޅޭނެއެވެ.
އިންޓަރ އޮފީސް ފުޓްސެލް މުބާރާތުގައި ގައި ސެމީ ފައިނަލްގައި ފެނަކަ އާއި ޓީމު އެޗް.ސީ.ސީ ވާދަކުރި މެޗު 4-5 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރީ ޓީމު އެޗް.ސީ.ސީ އެވެ.
އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީމު އެޗް.ސީ.ސީގެ ޖާޒީ ނަންބަރު 21، ހަސަން ސަލީމެވެ.
ފުޓްސެލް ގައި ސެމީ ފައިނަލްގައި އޭ.އާރް.އެފް.އެފް އާއި އެޗް.އައި.އޭ އޮޕަރޭޝަންސް ވާދަކުރި މެޗުން 0-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލްގެ ފުރުޞަތު ހޯދީ އެޗް.އައި.އޭ އޮޕަރޭޝަންސް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗް.އައި.އޭ އޮޕަރޭޝަންސްގެ ޖާޒީ ނަންބަރު 27، މުޙައްމަދު ޢަލީ އެވެ.
ހޭންޑްބޯލް ގައި ސެމީ ފައިނަލްގައި އެޗް.އައި.އޭ ހޭންޑްބޯޅަ ޓީމާއި ހަނިމާދޫ ސްކޫލް ވާދަކުރި މެޗު 6-17 ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރީ ހަނިމާދޫ ސްކޫލެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަނިމާދޫ ސްކޫލުގެ ޖާޒީ ނަންބަރު 12، ހައްވާ އަބްދުލް ކަރީމެވެ.
ހޭންޑްބޯލްގައި ސެމީ ފައިނަލްގައި ޓީމު ކޭ.އޭ.އެމް.ޕީ (CAMMP) އާއި ޓީމު އެޗް.އެޗް .ސީ (ހަނިމާދޫ ހެލްތު ސެންޓަރު) ވާދަކުރި މެޗުން 4-6 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރީ ޓީމު އެޗް.އެޗްސީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީމު އެޗް އެޗް.ސީގެ ޖާޒީ ނަންބަރު 9، ޝާނިޔާ މުޙައްމަދެވެ.
ހަނިމާދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ހޭންޑްބޯލް މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުނީ ހުކުރު ދުވަހު ހަވީރުއެވެ. އަދި ފުޓްސެލްގެ ސެމީ ފައިނަލްގެ މެޗުތައް ކުޅުނީ ހުކުރު ދުވަހު ރޭގަނޑުއެވެ. މިއަދު ހަވީރު ހަނިމާދޫ ސްކޫލާ އަދި އެޗް .އެޗް. ސީ ހަނިމާދޫ ހެލްތު ސެންޓަރާ ކުޅޭ ހޭންޑްބޯލް ފައިނަލް މެޗު ކުޅޭނި 16:30 ގައެވެ. އަދި ފުޓްސެލް ގެ ފައިނަލް ގައި .އެޗް .އައި .އޭ .އޮޕަރޭޝަންސް އާ އެޗް.ސީ.ސީ ބައްދަލު ކުރާ މެޗު ކުޅޭނި މިރޭ 21:30 ގައެވެ.
ޚަބަރު ލިޔުނީ: މުޙައްމަދު މުޢާޒު - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް