Post banner
ރާއްޖެ

އިންޑަސްޓްރިއަލް ވިލެޖުގައި އޮތް ވޭނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިންޑަސްޓްރިއަލް ވިލެޖުގައި އޮތް ވޭނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަލިފާނުގެ ހާދިސާ ހިނގި ވޭން -- ފޮޓޯ: އެމްއެންޑީއެފް

އިންޑަސްޓްރިއަލް ވިލެޖުގައި އޮތް ކުޑަ ވޭނެއްގައި އަލިފާން ރޯވެ ގެއްލުންތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ، މިއަދު ހަވީރު 17:08 ހާއިރު ކަމަށެވެ. މިމައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ 17:20 ހާއިރުގައެވެ.  

އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް