ދެން އިންތިޚާބު އެއްކޮށް ބާއްވަން ހުށައަޅާފައިވާ ބިލަށް 11 ޖަހާއިރު ވޯޓަށް އަހަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގެ ތެރެއިން ----
ޤާނޫނު އަސާސީއަށް އިސްލާޙް ގެނެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލައިގެން ބޭއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާ ތަމްސީލް ކުރައްވާ، ޕީއެންސީގެ ޕާލަމެންޓްެެރީ ގުރޫޕްގެ ލީޑަރ އިބްރާހީމް ފަލާޙް ހުށައެޅުއްވި ބިލަށް މިއަދު ވޯޓަށް އަހަން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.
އެބިލަށް މިއަދު 11 ޖަހާއިރު ވޯޓަށް އަހާނެކަން އިޢުލާނު ކުރެއްވީ، މަޖިލިސް މެދު ކަނޑާލުމަށްފަހު، އަލުން މަޖިލީހުގެ ޖަލްސާ ފެށިއިރު، ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމެވެ.
ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، ޤާނޫނު އަސާސީއަށް އެބަދަލު ގެނައުމަށް ނަގާ ޚިޔާލު ހޯދުމުގެ ވޯޓު، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އެކުގައި ބޭއްވުމަށެވެ. އެހެންވެ އަވަސްއަރުވާލައިގެން މިމަހުގެ 18ގައި ކުރިން ބިލް ފާސްކޮށް ތަސްދީޤު ކުރުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން މަސައްކަތް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެބިލް ދިރާސާކުރުމަށް އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައިވެސް ބިލް ފާސްކުރީ 5 މިނިޓުންނެވެ.
ބިލް އަވަސްއަރުވާލައިގެން ފާސްކުރާތީ، އެކަމާއި ދެކޮޅަށް މަޖިލީހުގެ ތަޅުމުގައި އިޙްތިޖާޖު ކުރެއްވި އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ވަނީ ނެރެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް