މިނިސްޓްރީން މަސްދަޅު ކޭސްތައް ދޫކުރުން ނިންމާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މަސްދަޅު ކޭސް ބެހުމުގެ މަސައްކަތުގެ ތެރެއިން --- ފައިލްފޮޓޯ
ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުންދޭ ހަދިޔާ މަސްދަޅު ބެހުމުގެ މަސައްކަތް ކުރަމުން އައި ލޯކަލް ގަވަރމެންޓް މިނިސްޓްރީން އެމަސައްކަތް މިރޭ ނިންމާލައިފިއެވެ.
މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭ ރޯދަ ހަދިޔާ ގްރޭޓަރ މާލެ ސަރަޙައްދުގައި ދޫކުރުމުގެ މަސައްކަތް މިރޭގެ ނިޔަލަށް ނިމުނީ ކަމަށެވެ.
އަދި އެއްވެސް ސަބަބަކާހުރެ މިހާތަނަށް ރޯދަ ހަދިޔާ ހޯއްދަވާފައިނުވާ ފަރާތްތަކަށް ވެސް މުލަ ރޯދަ ދުވަހާ ހަމައަށް މާލޭގައި ހުންނަ މިފްކޯ މަރުކަޒުން ރޭގަނޑު 8.30 ން 11.00 ށް މަސްދަޅު ކޭސް ދޫކުރަމުންދާނެ ކަމުގައިވެސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ރޯދަ ހަދިޔާގެ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް އެންޑް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯރކްސްއިން ފެށީ، ހުސްވި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް