ދުނިޔެ

ހަނގުރާމަ ދެ ހަފްތާއަށް މެދު ކަނޑާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަނގުރާމަ ދެ ހަފްތާއަށް މެދު ކަނޑާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: ވައިޓް ހައުސް

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދީ ފެށި ހަނގުރާމައިގެ ހަމަލާ ބަދަލުކުރުންތައް 2 ހަފްތާގެ މުައްދަތަކަށް މެދު ކަނޑާލައިފިއެވެ.

ހަނގުރާމަ މެދުކަނޑާލަން އެއްބަސްވުމަކަށް އާދެވުނީ، ޕާކިސްތާނު މެދުވެރިވެގެން އީރާނާއި އެމެރިކާގެ މެދުގައި ބަދަލުކުރެވުނު ހުށައެޅުންތަކަށް ފަހުގައި، އެމެރިކާއިން އީރާނުން ހުށައެޅި ޝަރުޠުތަކަށް އެއްބަސް ވުމުންނެވެ.

މިގޮތުން ހަނގުރާމަ މިއަދުންފެށިގެން 2 ހަފްތާއަށް މެދު ކަނޑާލުމަށް ފަހުގައި، ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނުން ވަނީ އެއްބަސްވެފައެވެ.

ހަނގުރާމަ މެދުކަނޑާލާފައި ވަނީ، އީރާނުގެ ރައްދު ހަމަލާތަކުގައި، އެމެރިކާގެ އަސްކަރީ ބޭސްތައް ހަލާކުކޮށްލައި، އަދި އިޒްރާއީލަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނިކޮށެވެ. މީގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޤާމުން ވަކިކުރުމަށް ގޮވާލާ އެމެރިކާގެ އާއްމުފެށި މުޒާހަރާތައްވެސް އަންނަނީ ވަރުގަދަވަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އިއްޔެ އީރާނަށް ނިއުކުލިއަ ހަމަލާއެއް ދީފާނެ ކަމުގެ މޭރުމުންވެސް ވާހަކަ ދައްކައި އިންޒާރު ދީފައެވެ. އެހެން ނަމަވެސް އީރާނުން ދޫ ނުދިނުމުން އެންމެ ފަހުން، ހޮރުމޫޒް ކަނޑުއޮޅި ހުޅުވާލާނަމަ، އީރާނުން ހުށައަޅާފައިވާ ޝަރުޠުތަކާއި އެކު ހަނގުރާމަ މެދުކަނޑާލުމަށް އެމެރިކާއިން ވަނީ އެއްބަސް ވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް