Post banner
ރަށްރަށުން

ހަނިމާދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ އިންޓަރ އޮފީސް ކުޅިވަރު މުބާރާތައް މިރޭ ފަށަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަނިމާދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ އިންޓަރ އޮފީސް ކުޅިވަރު މުބާރާތައް މިރޭ ފަށަނީ

ހަނިމާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ހަނިމާދޫ ކައުންސިލް އިންޓަ އޮފީސް މުބާރާތް 2026" މިރޭ ފަށާނެއެވެ.

މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ (28 އޮގަސްޓް 2026) 20:30 ގައި ކަމަށް ހަނިމާދޫ ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.

އިންޓަރ އޮފީސް މުބާރާތުގައި ހިމެނޭ، ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި، ހަނިމާދޫ ކައުންސިލާއި އެޗް.އާރް.ސީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 21:00ގައެވެ. ފުޓްސަލް މުބާރާތުގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ، ފެނަކަ އާއި އާރް.އެފް.އެފް އެވެ. މެޗު ފަށާނީ މިރޭ 22:00ގައެވެ.

މި މުބާރާތުގެ ފުޓްސަލް ގުރޫޕް ސްޓޭޖުގެ މެޗުތައް އޮގަސްޓް 28 އިން ސެޕްޓެމްބަރު 3ގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި މުބާރާތުގައި ރަށުގެ އެކި އޮފީސްތަކާއި މުއައްސަސާތަކުން ޓީމުތައް ވާދަކުރެއެވެ.

މިމުބާރާތްތައް ރާވައި ހިންގުމަށް ހަނިމާދޫ ކައުންސިލްއިން ހަވާލުކޮށްފައި ވަނީ، "ޑްރާފްޓް އެންޑް ކްރާފްޓް"އަށެވެ. އެފަރާތަށް މިމަހުގެ 6 ވަނަ ދުވަހު އެމަސައްކަތް ހަވާލުކޮށްފައި ވަނީ، 278،350.00 ރުފިޔާ އަށެވެ.
ހަބަރު ލިޔުނީ: މުހައްމަދު މުއާޒް – ރަށު ރިޕޯޓަރު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް