Post banner
ރާއްޖެ

ފުލުހުންގެ ދުވަސް ފާހަގަކުރުމަށް މާލެ ވަށައި ހިނގާލަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފުލުހުންގެ ދުވަސް ފާހަގަކުރުމަށް މާލެ ވަށައި ހިނގާލަނީ

ފުލުހުން -- ފޮޓޯ: ޕޮލިސް

ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާދަމާ ހެނދުނު އެކުވެރިކަމުގެ ހިނގާލުމެއް ބޭައްވުމަށް ނިންމާފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެކުވެރިކަމުގެ މިހިނގާލުން ފެށުމަށް ހަމަަޖައްސާފައި ވަނީ، މާދަމާ ހެނދުނު، 6:00 ގައި، ޖުމްހޫރީ މައިދާނުން ކަމަށެވެ. މިހިނގާލުން ކުރިޔަށްދާނީ، ޖުމުހޫރީ މައިދާނުން ފެށިގެން މާލެ ވަށައިކަމަށް ފުލުހުންގެ އިދާރައިން ވިދާޅުވިއެވެ، މިގޮތުން ހިނގާލުން ކުރިޔަށް ދާނީ ބޮޑު ތަކުރުފާނު މަގާއި ޢިއްޒުއްދީން މަގުގައެވެ. ހިނގާލުން ނިންމާލާނީވެސް ޖުމްހޫރީ މައިދާނަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި ހިނގާލުުގައި، ދާހިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ފުލުހުންގެ ދުވަސް ފާހަގަކުރުމަށް މާދަމާ ހެނދުނު ހިނގާލުން ބާއްވާއިރު، މާދަމާރޭ، ފުލުހުންގެ ފެމިލީ ނައިޓްވެސް ސޯޝަލް ސެންޓަރުގައި ބާއްވާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް