ވިކުރާ

އެފްއެސްއެމްއިން ބުނަނީ ތެޔޮވިއްކާ އަގު ހެޔޮ ނުކުރާ ކަމަށް!

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެފްއެސްއެމްއިން ބުނަނީ ތެޔޮވިއްކާ އަގު ހެޔޮ ނުކުރާ ކަމަށް!

ފިއުލް ސަޕްލައި ހުޅުމާލެ ޖެޓީ --- ފޮޓޯ: ރައްޔިތުންގެ ނޫސް

އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ކުރިން ވެސް ކަނޑައަޅާފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެސްޓީއޯއިން ރޭ ބުނެފައި ވީނަމަވެސް، ތެޔޮ ވިއްކަމުން ދަނީ އިއްޔެ ބޮޑުކުރި އަގުތަކުގައި ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސްއިން ބުނެފިއެވެ.

އެކުންފުނީގެ ކަސްޓަމަރުންނަށް ޖަވާބު ދެމުން އެފްއެސްއެމްއިން ބުނެފައި އެކުންފުނިން އިއްޔެ ބޮޑުކުރި އަގުތަކަށް ބަދަލެއް ނުގެންނަ ކަމަށެވެ.

މިހާރު ހުޅުމާލެ ޖެޓީން އެފްއެސްއެމްއިން ތެޔޮވިއްކާ އަގުތައް:

ޕަމްޕް ހައުސްއިންނާއި ބައުޒަރުން ތެޔޮ އަޅައިދުން - ޑީސަލް ލީޓަރެއް 28.84ރ، ޕެޓްރޯލް ލީޓަރެއް 26.81ރ

ޝެޑުން ތެޔޮއަޅައިދިނުން - ޑީސަލް ލީޓަރެއް 17.54ރ، ޕެޓްރޯލް ލީޓަރެއް 16.01ރ

ފިއުލްސަޕްލައި މޯލްޑިވްސްއަކީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެކެވެ. ތެލުގެ އަގުތަކަށް ގެނައި ބަދަލާއި ގުޅިގެން އާއްމުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން، ރޭ އެސްޓީއޯއިން ބުނެފައިވަނީ، އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ކުރިން ވެސް ކަނޑައަޅާފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އެހެން ނަމަވެސް އަތޮޅުތަކަށް ދަތުރުކުރާ ފެރީ ލޯންޗުތަކަށް އެފްއެސްއެމްއިން ތެޔޮ އަޅައިދެމުންދަނީ އިއްޔެ ބޮޑުކުރި އަގަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް