Post banner
ރާއްޖެ

މަސްމާރުކޭޓުގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަސްމާރުކޭޓުގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފި

މާލޭ މަސްމާރުކޭޓުގެ ތެރޭގައި ދެމީހަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާލެ، މަސް މާރުކޭޓު ސަރަހައްދުގައި މާރާމާރީއެއް ހިންގި މައްސަލައެއް 2026 އޯގަސްޓް 19 ވަނަ ދުވަހުގެ ރޭ 22:08 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އަދި އަނިޔާވި މީހާއަކީ ދިވެހި ފިރިހެނެއް ކަމަށާއި، މިމާރާމާރީ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ވެސް ދިވެހި ފިރިހެނެއް ކަމުގައި ފުލުހުންގެ އިދާރާައިން މައުލޫމާތު ދެއްވާފައި ވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާރާމާރީގެ މިމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް