ކަނޑަށް ވެއްޓުނު މަތިންދާ ބޯޓުގެ ބައިތަކެއް ފެނިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރޭ ވެއްޓުނު ކޭ2 އެއާވޭސްގެ މަތިންދާ ބޯޓުގެ ބައިތައް ---
ޔޫއޭއީގެ ޝާރްޖާ އެއާޕޯޓުން ފުރައިގެން، ރޭ ޕާކިސްތާނުގެ ކަރާޗީއަށް ދަތުރުކުރަނިކޮށް ވެއްޓުނު، ކޭ2 އެއާވޭސްގެ ބޯއިންގ 737 މަރުކާގެ ބޯޓުގެ ބައިތައް ކަނޑުމަތިން އޮޔާދަނިކޮށް ފެނިއްޖެއެވެ.
މިބޯޓުގެ ބައިތައް ފެނިފައި ވަނީ ޕާކިސްތާނުގެ އޮރްމާރާގެ ދެކުނުން 53 ނޯޓިކަލް މޭލު ބޭރުން އިންޑިއާ ކަނޑުގެ ސަރަހައްދުންނެވެ. މިބޯޓު ވެއްޓުނު އިރު، ބޯޓުގައި 5 ކްރޫއިން ތިބި ނަމަވެސް އެއިން އެއްވެސް މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައެއް ނުވެއެވެ.
ޕާކިސްތާނުގެ ކަނޑާއި ވައިގެ ސިފައިން މިހާރު ދަނީ، ބޯޓު ވެއްޓުނު ސަރަހައްދު ހޯދައި، ގެއްލުނު މީހުންވެސް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.




ކޭ2 އެއާވޭސްގެ ބޯއިންގ 737 މަރުކާގެ މިބޯޓު ރާޑަރުން ގެއްލުނީ، ބޯޓުގެ ނެވިގޭޝަނަށްވެސް މައްސަލަތަކެއް ދިމާވިކަން ރިޕޯޓްކުރި ފަހުންނެވެ. ފްލައިޓް ރާޑަރ މައުލޫމާތުތަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، 32000 ފޫޓުމަތިން އުދުހެމުން ދިޔަ އެބޯޓު ކުއްލިއަކަށް ބާރު ސްޕީޑްގައި ތިރިއަށް އައެވެ. މިނިޓަކު 22400 ފޫޓު ބާރު މިނުގައި ބޯޓު ތިރިއަށް އައިކަން ރާޑަރ ޑާޓާތަކުން ހާމަވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް