ކުރިމަގުގެ ޖީލުތައް ބައްޓަން ކުރުމުގައި މުދައްރިސުން އަދާކުރާ ދައުރު މުހިއްމު: ރައީސް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުރިމަގުގެ ޖީލުތައް ބައްޓަންކުރުމާއި، މުޖުތަމަޢު ބަދަހިކުރުމާއި، ޤައުމު ބިނާކުރުމުގައި، މުދައްރިސުން އަދާކުރާ ދައުރަކީ މުހިއްމު ދައުރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ، މުދައްެރިސުމްގެ ދުވަހުގެ މުނާޞަބަތުގައި ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި އެމަނިކުފާނު ވަނީ، ދަރިވަރުން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަށާއި، މުޖުތަމަޢުގެ ތަރައްޤީއަށް ޚިދުމަތްކުރުމުގައި، މުދައްރިސުންގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އެފަރާތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، މުދައްރިސުންގެ ޢާންމު ޙާލަތާއި ދުޅަހެޔޮކަމަށް އިސްކަންދިނުމާއި، މަސައްކަތުގެ ބުރަ ލުއިކޮށްދިނުމާއި، މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމާއި، ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ބައިނަލް އަޤުވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް