ރާއްޖެ

މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ މެދު ދާއިރާގެ ގޮނޑި 10 ވޯޓުގެ ތަފާތަކުން އެމްޑީޕީއަށް ގެއްލިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ މެދު ދާއިރާގެ ގޮނޑި 10 ވޯޓުގެ ތަފާތަކުން އެމްޑީޕީއަށް ގެއްލިއްޖެ

އިއްޔެ ބޭއްވި އިންތިޚާބުގެ ވޯޓު ގުނުމުގެ ތެރެއިން ---

މާލޭ ސިޓީ ކައުންސިލްގައި ހިމެނޭ ހުޅުމާލެ މެދު ދާއިރާގެ ގޮނޑި 10 ވޯޓުގެ ކުޑަ ތަފާތަކުން އެމްޑީޕީއަށް ގެއްލިއްޖެއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ހުޅުމާލެ މެދު ދާއިރާއަށް ވާދަ ކުރީ އެމްޑީޕީގެ ކެންޑިޑޭޓަކީ، ސަފާތު އަހުމަދު ޒާހިރެވެ. ސަފާތަށް ލިބުނީ، 895 ވޯޓެވެ. ގޮނޑި ކާމިޔާބު ކުރީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓް އަޙުމަދު ސަނީހް ހަނީފެވެ. އޭނާއަށް 905 ވޯޓު ލިބުނެވެ. އޭނާއަށް ގޮނޑި ކާމިޔާބު ކުރެވުނީ އެހެނިހެން ފޮށިތަކުގައި ހުރި ވޯޓު ގުނުމުންނެވެ.

ވޯޓުގެ ނަތީޖާއަށް ބަލާއިރު، ސަނީޙްއަށް ކުރި ލިބިފައި ވަނީ، އެކި ފޮށިތަކަށް ބެހިގެންދާ ވޯޓުތަކުގެ ތެރެއިން ވޯޓުގެ ސިއްރުކަން ނުހިފެހެއްޓޭ ވޯޓުތައް ޕީއެންސީގެ ކެނޑިޑޭޓަށް ލިބިފައި ވުމުންނެވެ. މިގޮތުން އެކަކު ނުވަތަ ދެތިން މީހަކު ވޯޓުލާފައިވާ އެހެނިހެން ފޮށިތަކުން ޕީއެންސީގެ ކެންޑިޑޭޓަށް ޖުމުލަ 12 ވޯޓު ލިބިފައިވެއެވެ. އޭގެ ތެރޭގައި މާފުށީ ޖަލާއި އައްސޭރިޖަލުން ސަނީޙްއަށް ލިބުނު ވޯޓުވެސް ހިމެނެއެވެ.

ހުޅުމާލެ މެދު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުނުކަން ކަށަވަރުވެފައި ވާއިރު، ހުޅުމާލޭގެ އަނެއް ދެ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުނީ ބޮޑު ތަފާތަކުންނެވެ. މިގޮތުން ހުޅުމާލެ މެދު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އަޙްމަދު ޣާލިބު ކާމިޔާބު ކުރައްވާފައި ވަނީ، 924 ވޯޓުންނެވެ. ޣާލިބާއި ވާދަކުރި، ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު އުބައިދަށް ލިބުނީ، 735 ވޯޓެވެ.

ހުޅުމާލެ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ، އެމްޑީޕީގެ ކެންޑިޑޭޓް ފާޠިމަތު ޒަހިއްޔާއެވެ. އޭނާއަށް 924 ވޯޓު ލިބުނު އިރު ޕީއެންސީގެ ކެންޑިޑޭޓު ފާޠިމަތު ޝައުފާ ސަލީމަށް ލިބުނީ 777 ވޯޓެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް