Post banner
ރާއްޖެ

މިއަދުވެސް އުދަ އާރާނެ ކަމަށް ލަފާކޮށް، ވައިޓް އެލާޓް ނެރެފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިއަދުވެސް އުދަ އާރާނެ ކަމަށް ލަފާކޮށް، ވައިޓް އެލާޓް ނެރެފި

މާލޭ ދެކުނު ފަރާތް --

މިއަދުވެސް މުޅި ރާއްޖެއަށް އުދަ އަރައިފާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި އުދަ އަރާނެ ކަމަށް ލަފާކުރެވެނީ، މިއަދުގެ ހެނދުނު 11:30 އިން ފެށިގެން މެންދުރުފަހު 3:30 އާއި ދެމެދުގައެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިހގެން ކޮންމެ ދުވަހަކުވެސް މާލެ ސަރަހައްދަށްވެސް އަންނަނީ އުދަ އަރަމުންނެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މިއަދު ކުރީގެ ތިން ދުވަހަށް ވުރެ ދިޔަވަރު ބޮޑުވާނެއެވެ. މިއަދު މާލެ ސަރަހައްދަށް 2.7 ފޫޓަށް ދިޔަވަރު ބޮޑުވާއިރު، ދިޔަވަރު އެންމެ ބޮޑުވެފައި އޮންނާނީ މެންދުރުފަހު، 13:17ގައި ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ.

މިއަދު ދެކުނުގެ އަތޮޅުތަކަށް 3.1 ފޫޓަށް ދިޔަވަރު ބޮޑުވާއިރު، ދެކުނުގެ އަތޮޅުތަކަށް، އެންމެ ބޮޑަށް ދިޔަވަރު ބޮޑުވެފައި އޮންނާނީ، މެންދުރު ފަހު 14:36 ގައި ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް