ސިނގިރޭޓް ކޮންޓެއިނާތައް ވަގަށް ނެގި މީހުންނަށް ދައުވާކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ

އެމްޕީއެލްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލް --- ފޮޓޯ: ރައްޔިތުންގެ ނޫސް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި ހުއްޓައި 40 ފޫޓުގެ ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މީހުންނަށް ދައުވާކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެފައިވާ ގޮތުގައި އެމައްސަލައިގައި، 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން އެދިފައިވެއެވެ. އޭގެ ތެރެއިން، ދަފްތަރު ނަންބަރު ރސ 1355، މުޙައްމަދު ޝަރީފުގެ މައްޗަށް ޖިނާއީ ކުށެއްގެ ދަޢުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާކަމަށް ނުފެންނާތީ އޭނާގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތަށް އަނބުރާ ވަނީ ފޮނުވާލާފައެވެ. ދެން މިމައްސަލައިގައި ދައުވާ ކުރާ އަނެއް 10 މީހުންނަކީ؛
1- މުޙައްމަދު ވަޙީދު / ބ. އޭދަފުށި، ދިގަލި
2- އަޙްމަދު ޢާރިފް / މއ. އެވަރގްލޯރީ
3- މުޢާޛު ޢަލީ / ހ. ނިއުހެޕިނަސް
4- ޒިވާރު އިސްމާޢީލް / ހދ. ވައިކަރަދޫ، މެދުރީގެ
5- އަޙްމަދު ޝަހީމް / ހދ. ވައިކަރަދޫ، ނޫރަލީގެ
6- އަޙްމަދު ފިރުސާން / ހ. ރުމޭނިޔާ
7- ޙުސައިން ސާމިޙު / ސ. ހިތަދޫ، ޗާނދަނީގެ
8- އާދަމް ވަޙީދު / ނ. މިލަދޫ، ކެނެރީގެ،
9- ޙަސަން ޢަބްދުއްރަޙްމާން / ކ. ތުލުސްދޫ، ލިންކް
10- މުޙައްމަދު އަލަމިން މިއާ / ބަނގުލަދޭޝް
ޕީޖީ އޮފީހުން ވިދާޅުވީ، މި މައްސަލާގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ މީހުން، މި ކުށުގެ ޢަމަލު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވެފައިވާތީ، އެ މީހުންގެ މައްޗަށް ކަނޑައަޅައިދިނުމަށް އެދިފައިވާނީ އަސްލު ކުށްކުރި މީހުންނާ އެއް ދަރަޖައެއްގެ އަދަބެއް ކަމަށެވެ. އަދި މި ދަޢުވާތަށް ސާބިތުވާ ޙާލަތުގައި، ކުށުގެ ޢަމަލުގެ ޒާތާއި ބާވަތާއި، ޙައްސާސްކަމަށް ރިޢާޔަތްކޮށް ކަނޑައެޅެން އޮތް އެންމެ މަތީ އަދަބެއް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނޭ ކަމުގައިވެސް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް