އެސްޓީއޯއިން ވިއްކާ ތެލުގެ އަގުބޮޑުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފިއުލް ސަޕްލައި މޯލްޑިވްސްގެ ޕެޓްރޯލް ޝެޑެއް—- ފޮޓޯ: އެފްއެސްއެމް
އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް މިއަދުންފެށިގެން ބަދަލު ގެނެސްފިއެވެ.
ޢެސްޓީއޯއިން ވަނީ ފިއުލް ސަޕްލައި މޯލްޑިވްސްއިން ވިއްކާ ޕެޓްރޯލް ލީޓަރަކުން 2ރުފިޔާ 51 ލާރި އަދި، ޑީސަލް ލީޓަރަކުން 3ރުފިޔާ 62 ލާރި ބޮޑުކޮށްފައެވެ. މިއަދުން ފެށިގެން މިގެނައި ބަދަލާއި އެކު ދެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ، 16 ރުފިޔާ 01 ލާރިއަށެވެ. ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކާފައި ވަނީ 13 ރުފިޔާ 50 ލާރިއަށެވެ. މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ، 17 ރުފިޔާ 54 ލާރިއަށެވެ .ކުރިން ޑީސަލް ލީޓަރެއް ވިއްކަމުން އައީ، 13 ރުފިޔާ 02 ލާރިއަށެވެ. އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް މިއަދުން ފެށިގެން ބަދަލު ގެނައި އިރު ރާއްޖޭގައި ތެޔޮވިއްކަމުން އަންނަ ދަހޯކްސްއިންވެސް ވަނީ ތެލުގެ އަގުތައް ބޮޑުކޮށްފައެވެ.
އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލުގެނެސްފައި މިވަނީ، މިހާރު މެދުއިރުމަތީގައި ކުރިޔަށްދާ ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައިވެސް ތެލުގެ އަގުތައް އުފުލިފައިވާ ދަނޑިވަޅެއްގައެވެ.
އެހެން ނަމަވެސް މިއަދު އެސްޓީއޯއިން މިއަގު ބޮޑުކުރި ތެލަކީ، ކުރިން އެކުންފުނިން ރާއްޖެ ގެނެސްފައިވާ ތެލުގެ ޝިޕްމެންޓެއްގެ ތެޔޮކަމަށް ބުނެ އާއްމުން ވަނީ ސޯޝަލްމީޑިއާގައި އެކަމަށް ފާޑުކިޔަން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް