ހުޅުމާލޭގެ މިސްކިތަކަށް މީހަކު ގެއްލުން ދީފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މަސްޖިދުލްޢަޒީޒާ މޫސާ -- ފޮޓޯ: ރައްޔިތުންގެ ނޫސް
ހުޅުމާލެ، މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް ރޭ ފުލުހުންނަށް ހުށައަޅާފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ރޭގެ 3:47 ހާއިރުގައި ކަމަށެވެ. އަދި އެމައްސަލަ ބަލަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ގެއްލުންދީފައި ވަނީ ހުޅުމާލެ ފޭސް 1ގެ ނެއިބަހުޑް 2ގައި ހުންނަ، މަސްޖިދުލްޢަޒީޒާ މޫސާއަށެވެ. ގެއްލުންދީފައި ވަނީ އެމިސްކިތަށް ވަންނަން ހުންނަ މައިދޮރަށެވެ. އެދޮރުގެ ބިއްލޫރިގަނޑު ވަނީ ތަޅާލާފައެވެ.
މިމައްސަލަ އާއި ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް