ސްރީލަންކާ ހައިކޮމިޝަނުން މާފުށީގައި އައިކޭމްޕެއް ބާއްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސްރީލަންކާ ހައިކޮމިޝަނުން މާފުށީގައި ބޭއްވި އައިކޭމްޕްގެ ތެރެއިން -- ފޮޓޯ: ސްރީލަންކާ ހައިކޮމިޝަން
މާފުށީ ހެލްތު ސެންޓަރާއި، ރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަން ގުޅިގެން މާފުށީގައި އައި ކޭމްޕެއް ކުރިޔަށް ގެންގޮސްފިއެވެ.
ސްރީލަންކާ ހައިކޮމިޝަންއިން ހާމަކޮށްފައިވާ ގޮތުގައި، މި އައިކޭމްޕް ކުރިޔަށް ގެންގޮސްފައި ވަނީ ދިވެހިރާއްޖޭގައި ފާހަގަކުރާ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހާއިވެސް ގުޅުވައިގެން މި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގައެވެ.
މިއައިކޭމްޕްގެ ތެރެއިން ސްރީލަންކާ ހައިކޮމިޝަނުން ވަނީ މާފުށީ ހެލްތު ސެންޓަރަށް ލޮލުގެ ފަރުވާއަށް ބޭނުންވާ ބައެއް ތަކެތިވެސް ހަދިޔާކޮށްފައެވެ.
މި އައި ކޭމްޕަކީ، ސްރީލަންކާ އާއި ދިވެހިރައްޔިތުންނާއި ދެމެދު އޮތް އެކުވެރި ބަދަހި ގުޅުން ދެމެހެއްޓުމަށްޓަކައި ކުރިޔަށް ގެންގޮސްފައިވާ ކޭމްޕެއް ކަމުގައި ސްރީލަންކާ ހައިކޮމިޝަނުން ހާމަކުރައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް