Post banner
ރާއްޖެ

ހުޅުމާލެ ޝަހީދު ޢަލީ ސްކޫލު ހުޅުވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހުޅުމާލެ ޝަހީދު ޢަލީ ސްކޫލު ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ ޝަހީދު ޢަލީ ސްކޫލު ހުޅުއްވައި ދެއްވުން ---

ހުޅުމާލޭގައި ސަރުކާރުން އިމާރާތް ކުރި ދެވަނަ ދާއިމީ ސްކޫލު، ޝަހީދު ޢަލީ ސްކޫލު މިއަދު ހުޅުވައިފިއެވެ.

ދިރާސީ އައު އަހަރު ފެށުނު ދުވަހު މި ސްކޫލު ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ.

ހުޅުމާލޭ ފޭސް 2 ގައި މިއަދު ހުޅުވި ޝަހީދު އަލީ ސްކޫލްގައި އިއްޔެގެ ނިޔަލަށް 2000 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ރަޖިސްޓްރީވެފައެވެ. ގްރޭޑް 1 އިން 10 އާއި ހަމައަށް ކިޔަވައިދޭން ނިންމާފައިވާ މި ސްކޫލުގައި 54 ކްލާސްރޫމް، ތިން ސައިންސް ލެބް، އެއް ލައިބްރަރީ އާއި ކޮމްޕިއުޓަރު ލެބްގެ އިތުރުން އިންޑޯ ހޯލަކާއި ޓާފް ދަނޑެއް ހިމެނެއެވެ.

މިސްކޫލުގެ މަސައްކަތް އެމްޑީޕީގެ ސަރުކާރުގައި ހަވާލުކުރީ އާރްސީސީއަށެވެ. އެއް ދަންފަޅިއަށް ކިޔަވައިދޭ ގޮތަށް ޢިމާރާތްކުރި މި ސްކޫލު މިއަދު ހުޅުވާފައި ވަނީ، ދެ ދަންފަޅިއަށް ކިޔަވައިދޭ ގޮތަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް