classified
ރާއްޖެ

ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

މާލޭ ބޮޑު ތަކުރުފާނު މަގުގައި، ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި ފިރިހެންމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައެވެ.

މިއެކްސިޑެންޓް ހިނގާފައި ވަނީ، މިއަދު 15:57 ހާއިރު ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މިއެކްސިޑެންޓް ހިނގާފައި ވަނީ، މާލެ، ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީ ސައިކަލަކާއި ލޮރީއެއް ޖެހިގެން ކަމަށެވެ.

އެކްސިޑެންޓް ހިނގާފައި އުސްފަސްގަނޑު ކަރިން ވަނީ ބުރިޖުން ފައިބާ އުޅަނދުތައް ބޮޑުތަކުރުފާނު މަގުން މާލެއަށް އަރާ ލޭނުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް