Post banner
ވިކުރާ

އެމްޕީއެލްއިން ވެސް މުވައްޒަފުން ވަކިކުކޮށް އަދަދު މަދުކުރަން ނިންމައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެމްޕީއެލްއިން ވެސް މުވައްޒަފުން ވަކިކުކޮށް އަދަދު މަދުކުރަން ނިންމައިފި

އެމްޕީއެލްގެ މުވައްޒަފުންތަކެއް މަސައްކަތުގައި -- ފޮޓޯއެމްޕީއެލް

ސަރުކާރު ކުންފުނި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މުވައްޒަފުން މަދުކޮށް ކުންފުނި، "ރައިޓް ސައިޒް" ކުރުމަށް ނިންމާފައިވާކަން މުވައްޒަފުންނަށް އަންގައިފިއެވެ.

މިޖޫން މަހުގެ ފުރަތަމަ ދުވަނު އެކުންފުނީގެ ސީއީއޯ ކެޕްޓަން ޙުސައިން ޝަފީޤު، ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ފޮނުވާފައިވާ އިންޓަރނަލް މެމޯގައި ބުނެފައި ވަނީ، އެ ކުންފުނި "ރައިޓް ސައިޒް" ކުރުމުގެ މަސައްކަތް ކުރިޔަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ކުރިޔަށް ދާނެ ކަމަށެވެ.

އެކަމަކީ، ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ގަވަނެންސް ވަރަގަދަ ކުރުމުގެ މަޤުޞަދުގައި، ކުރިޔަށް ގެންދާ "އިންސްޓިޓިއުޝަނަލް ސްޓްރެންތަނިން" މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައިވެސް އެމްޕީއެލްއިން ވަނީ ބުނެފައެވެ. މިގޮތުން އެމައްސައްކަތުގެ ތެރެއިން ކުންފުނީގެ އެކި ދާއިރާތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މުވައްޒަފުންގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފަމުންދާކަން ކަށަވަރު ކުރުމަށްޓަކައި "މޭންޕަވަރ ރިވިއު އޮޑިޓެއް" ހެދުމަށް ނިންމާފައިވާ ކަމުގައިވެސް އެ މެމޯގައި މުވައްޒަފުންނަށް ވަނީ އަންގާފައެވެ.

އެމްޕީއެލްއިން ބުނެފައި ވަނީ "މޭންޕަވަރ ރިވިއު އޮޑިޓް"އިން ފާހަގަވާ ކަންކަމަށް ބަލައި، ކުންފުނީގެ ހިންގުމުގެ އޮނިގަނޑަށާއި، މުވައްޒަފުންގެ އޮނިގަނޑުގެ އިތުރުން މުސާރައިގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި އެކު، ކުންފުނީގެ ލަނޑުދަނޑުތައް ހާސިލް ކުރުމަށްޓަކައި، ކުންފުނި "ރައިޓް ސައިޒް" ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް