ރާއްޖެ

ފުވައްމުލަށް ސިޓީ ކައުންސިލްގެ އެންމެ ގޮނޑިއެއްވެސް ސަރުކާރު ހިންގާޕާޓީއަށް ނުލިބުނު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފުވައްމުލަށް ސިޓީ ކައުންސިލްގެ އެންމެ ގޮނޑިއެއްވެސް ސަރުކާރު ހިންގާޕާޓީއަށް ނުލިބުނު

މިއަދު ބޭއްްވި އިންތިޚާބުގެ ތެރެއިން ---

ފުވައްމުލަކު ކައުންސިލްގެ ދަނޑިމަގު ދާއިރާގެ ގޮނޑި އަމިއްލަ ގޮތުން ވާދަކުރި، ޝީޒާ އިބްރާހިމް ކާމިޔާބު ކުރުމާއިއެކު، ކައުންސިލް އިންތިޚާބުގައި ފުވައްމުލައް ސިޓީކައުންސިލަށް ވާދަކުރި ޕީއެންސީގެ ހުރިހާ ކެންޑިޑޭޓުންނަށްވެސް ނާކާމިޔާބު ވެއްޖެއެވެ.

ފުވައްމުލައްސިޓީ ކައުންސިލުގެ ހުރިހާ ގޮނޑިއަކަށް ސަރުކާރު ހިންގާޕާޓީ ޕީއެންސީ ވާދަކުރިއެވެ. ޕީއެންސީއަށް ގޮނޑިއެއް ލިބިދާނެ ކަމުގެ އެންމެ ފަހު އުއްމީދަކީ، ވޯޓު އެއްވަރުވުމުން މިއަދު ބޭއްވި އިންތިޚާބުގެ ދެވަނަ ބުރެވެ. މިއަދުގެ އިންތިޚާބުގައި، އަމިއްލަ ގޮތުން ވާދަކޮށް ޝީޒާ އިބްރާހިމް ގޮނޑި ކާމިޔާބުކުރީ، ޕީއެންސީގެ ކެންޑިޑޭޓް އާއިޝަތު ޢަބްދުލް ޣަފޫރަށްވުރެ 33 ވޯޓު އިތުރަށް ހޯދައިގެންނެވެ.

ޝީޒާ ހޯދި މިކާމިޔާބީއަށް، ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ، މަރުޙަބާ ވިދާޅުވެފައެވެ. ފައިސަލް ވިދާޅުވީ، އުންމީދަކީ ޝީޒާގެ ތަޖުރިބާ އާއި މަސައްކަތުން ފުވައްމުލައް ސިޓީ އަަށް އިތުރު ކުރިއެރުމާއި ކާމިޔާބު ލިބިގެން ދިޔުން ކަމަށެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ، މި އިންތިޚާބުން ވެސް ފެނިގެން މިދިޔައީ، ސަރުކާރުން ފުވައްމުލައް ސިޓީ އާއި، މުޅި ރާއްޖޭގެ ތަރައްޤީ އަށް ވެފައިވާ އިހުމާލާމެދު ރައްޔިތުން ނުތަނަވަސްވެފައިވާ މިންވަރު ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް