ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށް ދެއްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޝަރަފްވެެރިކަމުގެ ޤައުމީ އިނާމް ލިބިވަޑައިގެންނެވި ފަރާތްތައް ----
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށް ސަރުކާރުން ދެއްވައިފިއެވެ.
މި އިނާމުތައް ދެއްވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވި 3 ބޭފުޅުންނާއި ޖަމުޢިއްޔާއަކީ:
1- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:
އަލްފާޟިލް މުޙައްމަދު ޢާމިރު އަޙްމަދު، ފީރޯޒްވާދީ ފަރެސްއަވަށް. ހުސްނުހީނާގެ/ގދ.ފަރެސްމާތޮޑާ
2- އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން:
އަލްފާޟިލް އިބްރާހީމް ރަޝީދު، ވ. ވަސްމީރުފިޔަ
3- ޞިއްޙީ ދާއިރާއިން:
ސޮސައިޓީ ފޮރ ހެލްތް އެޑިޔުކޭޝަން (ޝީ)
4- ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން:
އަލްފާޟިލާ ނަޖުމާ ޙުސައިން، ގ. ނޫރީފެހި
ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް