Post banner
ދުނިޔެ

އެމެރިކާއިން އީރާނާއިއެކު އިތުރު މަޝްވަރާތައް އަންނަ ހަފްތާގައި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެމެރިކާއިން އީރާނާއިއެކު އިތުރު މަޝްވަރާތައް އަންނަ ހަފްތާގައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް --- ފޮޓޯ: ވައިޓް ހައުސް

އީރާނާއި އެކު މަސްކަޓުގައި ބޭއްވި މަޝްވަރާތަކުގެ ނަތީޖާތައް ރަނގަޅުކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕް ހާމަކުރައްވައިފިއެވެ.

މީޑިއާތަކަށް ދެއްވި ބަސްދީ ގަތުމުގައި ޓްރަމްޕް ވިދާޅުވީ، އަންނަ ހަފްތާގެ ކުރީކޮޅު މަޝްވަރާތަކުގެ އިތުރު ބައްދަލުވުމެއް ބާއްވާނެކަމަށެވެ.

އީރާނުންވެސް ވަނީ އެމެރިކާއާއެކު އޮމާންގެ މަސްކަޓުގައި ފެށުނު މަޝްވަރާތަކަކީ ރަނގަޅު ފެށުމެއް ކަމަށް ބުނެފައެވެ. މަޝްވަރާތަކުގައި އީރާނުގެ ފަރާތުން ބައިވެރިވެވަޑަިއގެންފައި ވަނީ، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީއެވެ.

އީރާނާއި އެމެރިކާ އާއި ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް، މަޝްރަހަށް ފިނިކަމެއް ގެނައުމަށްޓަކައި މެދުވެރިއެއްގެ ދައުރު އަދާކުރަނީ އޮމާނުންނެވެ.

އެމެރިކާއިން އީރާނަށް މިފަހަރު ހަމަލާދިނުމަށް މައިގަނޑުގޮތެއްގައި ދައްކާފައިވާ ބަހަނާއަކީ، އީރާނުން ނިއުކުލިއަ ޕްރޮގްރާމް ކުރިޔަށް ގެންދިޔުމާއި، އީރާނުގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރި އެތައް ބަޔަކު މަރާލާފައިވާކަމަށް ތުހުމަތުކޮށް ދައްކާފައިވާ ބަހަނާއެވެ.

އެމެރިކާއިން ވަނީ އެޤައުމުގެ ބޮންއަޅާ މަތިންދާ ބޯޓުތަކާއި އަސްކަރީ މަނަވަރުތައްވެސް ގަލްފު ސަރަހައްދަށް ޖަމާކޮށްފައެވެ. އީރާނުން ބުނެފައި ވަނީ އެމެރިކާއިން އީރާނަށް ހަމަލާދީފިނަމަ، ރައްދުގައި އިޒްރޭލަށާއި، މެދުއިރުމަތީގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ހުރިހާ މަރުކަޒުތަކަކަށް ހަމަލާދޭނެ ކަމަށެވެ.

ބައިނަލްއަޤުވާމީ މަޝްރަޙް ދިރާސާކުރާ ފަރާތްތަކުން ހާމަކުރައްވާ ގޮތުގައި އީރާނަށް ހަމަލާދިނުމަށް އެމެރިކާއިން ފަސްޖެހި މަޝްވަރާގެ މޭޒުދޮށަށް އަންނަން ޖެހުނީ، އީރާނުގެ އަސްކަރީ ބާރުވެރިކަމާއި މެދު އެމެރިކާއަށްވެސް ޝައްކު ބޮޑު ކަމުންނެވެ. ޚާއްޞަކޮށް އިޒްރޭލާއި އީރާނުގެ 12 ދުވަހުގެ ހަމަލާގައި އީރާނުން އިޒްރޭލަށް ދިން ހަމަލާތަކަކީ، އެމެރިކާ ސިއްސުވާލި ހަމަލާތަކެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް