Post banner
ރާއްޖެ

ކޮޅު ވެއްޓި އަޑިޔަށް ދިޔަ ހާދިސާގައި ގެއްލުނު ދެމީހުން ނުފެނޭ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކޮޅު ވެއްޓި އަޑިޔަށް ދިޔަ ހާދިސާގައި ގެއްލުނު ދެމީހުން ނުފެނޭ

އެ ކޮޅުވެއްޓި އަޑިޔަށް ދިޔަ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 8:48 ހާއިރުގައިކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

މިއަދު ހެނދުނު ކ. ގާފަރު ކައިރިން، ލޭންޑިން ކްރާފްޓެއް އަޑިޔަށް ދިޔަ ހާދިސާގައި ގެއްލުނު ދެމީހުން މިހާތަނަށް ފެނިފައި ނުވާކަމުގައި، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ގެއްލުނު މީ ދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ގެއްލިފައި ވަނީ ދެ ބިދޭސީން ކަމަށެވެ.

އެ ކޮޅުވެއްޓި އަޑިޔަށް ދިޔަ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 8:48 ހާއިރުގައިކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

ކޮޅުވެއްޓި އަޑިޔަށް ދިޔަ ހާދިސާ ހިނގި އިރު އޭގައި ތިބީ، ދިވެއްސަކާއި 9 ބިދޭސީންނެވެ. އެ ހާދިސާގައި ކަނޑުވި 8 މީހަކު ވަނީ ސަލާމަތްކޮށްފައެވެ. ކޮޅުވެއްޓި އަޑިޔަށް ދިޔަ ހާދިސާގައި ސަލާމަތްވި މީހުންގެ ވާހަކަތަކުން އެނގުނު ގޮތުގައި، ގެއްލިފައިވާ ދެ މީހުންނަކީ، ކޮޅުވެއްޓި އަޑިޔަށްދާން ފެށުމުން އެންމެ ފުރަތަމަ ކަނޑަށް ފުންމާލި ދެ މީހުންނެވެ. އެހެން މީހުން ކޮޅުވެޓިން ފުންމާލީ ވަޔާއި ރާޅާއި އެކު ކޮޅުވެއްޓިގެނެސް ގާފަރު ފަރުމައްޗަށް ލައްވާން ފެށުމުން ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އަޑިޔަށް ދިޔަ ކޮޅުވެއްޓި މިހާރު އޮތީ ގާފަރު ފަރުމައްޗަށް ލައްވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް