ސައިކަލުގެ ކުރީ ފުރޮޅު ހިއްލައިގެން ދުއްވުމުން ސައިކަލު ޓޯވކޮށް ޖޫރިމަނާކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ އިދާރާ --
ހުޅުމާލެ ފޭސް 1 ގެ 12 ނަމްބަރު ފްލެޓްކައިރިން، ސައިކަލުގެ ކުރީ ފުރޮޅު ހިއްލައިގެން ރޭ ސައިކަލު ދުއްވި މީހަކު ހުއްޓުވައި ޖޫރިމަނާކޮށް، އެ ސައިކަލު ޓޯވކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޭނާގެ އެ އަމަލު ފެނިފައި ވަނީ އެވަގުތު ހުޅުމާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނަށް ކަމަށެވެ. އަދި އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ،
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން މިފަދަ ނުރައްކާތެރި އަމަލުތައް ހިންގާ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ހަރުކަށި ފިޔަވަޅު އަޅަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް