މޫސުމް ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހެނީ --- ފޮޓޯ: ރައްޔިތުންގެ ނޫސް
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ، ހއ އަތޮޅުން ފެށިގެން ފ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. ވައިޓް އެލާޓް ނެރެފައި ވަނީ މިއަދުގެ ހެނދުނު 10:45 އިން ފެށިގެން ހަވީރު 4:00އަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި، މި ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމާއި އެކު ވިދައި ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށްވެސް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މިދުވަސްވަރު ރާއްޖެއަށް މޫސުމް ގޯސްވެފައި ވާއިރު، ދިޔަވަރު ބޮޑުވާ ވަގުތު އުދަ އަރާނެ ކަމަށް ލަފާކޮށް ފާއިތުވި 4 ދުވަހުވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މުޅިރާއްޖެއަށް ވައިޓް އެލާޓް ނެރެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް