ވިކުރާ

ސަރުކާރުގެ ޓެކްސީ ޚިދުމަތް ފެށީ، އަމިއްލަ ކުންފުންޏެއްގެ ވިޔަފާރި ނަމެއް ޤަވާއިދާ ޚިލާފަށް ބޭނުންކޮށްގެން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސަރުކާރުގެ ޓެކްސީ ޚިދުމަތް ފެށީ، އަމިއްލަ ކުންފުންޏެއްގެ ވިޔަފާރި ނަމެއް ޤަވާއިދާ ޚިލާފަށް ބޭނުންކޮށްގެން

އެމްޓީސީގެ އެމްޑީ އާއި އެމްޓީސީސީގެ ޓެކްސީތައް --- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ފެށި، ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފަށާފައި ވަނީ، އަމިއްލަ ކުންފުންޏަކުން ރެޖިސްޓްރީކޮށްފައިވާ، ވިޔަފާރި ނަމެއްގައި ކަމަށްވާތީ، އެކަމާއި މެދު އެކުންފުނިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަމިއްލަ ކުންފުންޏެއްގެ ވިޔަފާރި ނަމެއް ބޭނުންކޮށްގެ މިސަރުކާރުން ޓެކްސީ ޚިދުމަތް ފަށަން ތައްޔާރުވުމާއި އެކު، އެކަން ސަމާލުކަމަށް ގެނައުމުގެ ގޮތުން އެކުންފުނިން ވަނީ، އެމްޓީސީސީއަށް ސިޓީވެސް ފޮނުވާފައެވެ. އެގޮތުން ވިޔަފާރި ނަމުގެ ޤަވާއިދުތަކުގައިވާގޮތުގެ މަތިން އެނަން އެމްޓީސީސީން ބޭނުން ކުރުމަށް އިއުތިރާޒް ކުރާ ކަމުގައިވެސް މާރިޗުމަހުގެ 28 ވަނަ ދުވަހު އެކުންފުނިން އެމްޓީސީސީއަށް ފޮނުވާފައިވާ ސިޓީގައި ވަނީ ބުނެފައެވެ.

މާލެ ޓެކްސީ ލައިން (Male' Taxi Line)ގެ ނަމުގައި، އެމްޓީސީސީން ޚިދުމަތް ދޭން ފެށި ނަމަވެސް، އެ ޓެކްސީތަކުގައި ޖަހާފައިވާ، ނަމަކީ، މާލެ ޓެކްސީ (Male' Taxi) އެވެ. މާލެ ޓެކްސީ (Male' Taxi) މިވިޔަފާރި ނަމަކީ، 2015 ވަނަ އަހަރުގެ މާރިޗު މަހުގެ 9 ވަނަ ދުވަހު، ޓަވިޔަނި ޕްރައިވެޓް ލިމިޓެޑް ނަމުގައި އުފައްދާފައިވާ ކުންފުންޏަކަށް އިކޮނޮމިކް މިނިސްޓްރީން ރަޖިސްޓްރީކޮށްދީފައިވާ ވިޔަފާރި ނަމެކެވެ.

މިހާރުވެސް ބިޒްނަލް ޕޯޓަލްގައި އެވިޔަފާރި ނަން ފެންނަން އޮތީ، ޓަވިޔަނި ޕްރައިވެޓް ލިމިޓެޑްގެ ވިޔަފާރި ނަމެއްގެ ގޮތުގައެވެ.

އެމްޓީސީސީގެ ޓެކްސީތަކުގައި، (Male' Taxi)ގެ ނަން ޖަހައިގެން ޚިދުމަތް ދޭން ފެށީވެސް އެ ވިޔަފާރި ނަމުގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، އެ ޓެކްސީތަކުގައި ޖަހާފައިވާ ނަން ބަދަލުނުކޮށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް