Post banner
ރާއްޖެ

ކޯޓުން ޖަހައިދިން ބަންދުގެ މުއްދަތު ހަމަވުމުން ލޫކަސް ދޫކޮށްލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކޯޓުން ޖަހައިދިން ބަންދުގެ މުއްދަތު ހަމަވުމުން ލޫކަސް ދޫކޮށްލައިފި

ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލައި ބޭއްވި އިޙްތިޖާޖުގެ ތެރެއިން، ހައްޔަރު ކުރި، ޝަމްޢޫން ޖަލީލު، (ލޫކަސް) ގެ ބަންދަށް ކޯޓުން ޖަހައިދިން 10 ދުވަހުގެ މުއްދަތު ހަމަވުމުން ފުލުހުން އޭނާ ބަންދުން ދޫކޮށްލައިފިއެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް، ލޫކަސްއަކީ، މިސަރުކާރާއި ދެކޮޅަށް ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް އަޑު އުފުލަމުން އައި އެކަކެވެ. މިމަހުގެ 12 ވަނަ ދުވަހުގެ ރޭ، ކުރިޔަށް ގެންދިޔަ އިހްތިޖާޖުގެ ތެރެއިން ފުލުހުން ލޫކަސް އާއި އެކު އިތުރު 10 މީހުން ހައްޔަރު ކުރިއެވެ. އޭގެ ތެރެއިން 7 މީހުން ބަންދުގެ މުައްދަތު ނުޖަހައި ދޫކޮށްލި އިރު، 3 މީހަކަށް ބަންދުގެ މުއްދަތު ޖެހިއެވެ. އެތިން މީހުންގެ ތެރެއިން އެންމެ ދިގު ބަންދުގެ މުއްދަތެއް ޖެހީ ލޫކަސްއަށެވެ. އޭނާގެ ބަންފަށް ކޯޓުން 10 ދުވަސް ޖަހައިދިނެވެ.

ލޫކަސް މިއަދު ބަންދުން ދޫކޮށްލުމާއި އެކު އޭނާ ވަނީ، ނޫސްވެރިޔާ ޝަހްޒާން މިނިވަން ކުރުމަށް ގޮވާލައި މިރޭ، އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި އެއްވުމުގައިވެސް ބައިވެރިވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް