ހިމަ ބިހި ޖެހުނު މީހުންގެ އަދަދު 200 އާ ގާތަށް!
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހިމަ ބިހި ޖެހިފައިވާ ކުޑަކުއްޖެއް --
މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 186އަށް އަރައިފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ، މި ނިމުނު ހަފްތާގައިވެސް 20 މީހަކަށް ބަލި ޖެހިފައިވާ ކަމަށެވެ. އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައި ވަނީ، ހުސްވި ޖޫން މަހާއި ޖުލައި މަހުގައެވެ. ފާއިތުވި ދެމަހު އެކަނިވެސް ބަލި ޖެހުނު މީހުންގެ އަދަދު 150 ވުރެ މައްޗެވެ.
ފާއިތުވި ދެހަފްތާގައި ބަލިޖެހޭ މީހުންގެ އަދަދު ވަނީ ދަށަށްދާން ފަށާފައެވެ.
ހިމަބިހިން ރައްކާތެރިވުމަށް ދޭ ވެކްސިން މިހާތަނަށް 12000 ވުރެ ގިނަ މީހުންނަށް ދީފައިވާ ކަމުގައިވެސް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ.
ރާއްޖެއަކީ ހިމަބިހި މުޅިން ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޤައުމެކެވެ.
ރާއްޖެއިން ހިމަބިހި (Measles) ނައްތާލެވިފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ (WHO) އިން ކަނޑައެޅީ 13 ޖޫން 2017ގައެވެ. އެކަމުގެ ސެޓްފިކެޓް ރާއްޖެއަށް ދީފައި ވަނީ، 07 ސެޕްޓެމްބަރު 2017 ގައެވެ.
ހިމަބިހިން ސަލާމަތްވުމުގެ ވެކްސިން ރާއްޖޭގައި ދޭން ފެށީ 1981 ގައެވެ. އަދި 2017 ވަނަ އަހަރާއި ހަމައަށް ދިގު މުއްދަތެއްގައި ރާއްޖެއިން އެއްވެސް މީހަކަށް އެބަލި ޖެހިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް