ރާއްޖެ

އީޝާ ބުނީ ވަގުތު ޖެހުމުން އޭނާގެ ވާހަކަވެސް އިވޭނެ ކަމަށް!

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އީޝާ ބުނީ ވަގުތު ޖެހުމުން އޭނާގެ ވާހަކަވެސް އިވޭނެ ކަމަށް!

އީޝާ އަޝްރަފް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ސަލާމް ކުރަނީ -- ފޮޓޯ: އެކްސް

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު (އެސްޕީޑީ) ގެ މަގާމުން އާއިޝަތު އީޝާ އަޝްރަފް އޭނާއަށް ދިމާވި ކަންކަމުގެ ވާހަކަވެސް ރަނގަޅު ވަގުތެއްގައި އިވޭނެ ކަމަށް ބުނެފިއެވެ.

އީޝާގެ ސޯޝަލްމީޑިއާ އެކައުންޓްތަކުގައި މިރޭ ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ، އިރާދަ ކުރެއްވިއްޔާ، ރަނގަޅު ވަގުތެއްގައި ކޮންމެވެސް ދުވަހެއްގައި ކޮންމެވެސް ތަނެއްގައި އޭނާގެ ވާހަކަވެސް އިވިގެންދާނެކަމަށެވެ. އޭގެ އިތުރުން އޭނާގެ ޕޯސްޓުގައި ލިޔެފައި ވަނީ، ސޫރަތުލް ޢާލް އިމްރާންގެ 173 ވަނަ އާޔަތުގެ ފަހުބައި، "حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ" (ތިމަންމެންނަށް ﷲ ފުދެއެވެ. އަދި ވަކީލު ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ.) އެވެ.

އީޝާ މިގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރި އިރު، އީޝާ ވަޒީފާއިން ވަކިކުރި މައްސަލައިގައި ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ބައެއް މީހުން އަންނަނީ ފަތުރަމުންނެވެ. އެހެން ނަމަވެސް އެވާހަކަތަކާއި ގުޅޭ ގޮތުން ސީދާ ގޮތެއްގައި މިހާތަނަށް އީޝާ ވާހަކަ ދައްކާފައެއް ނުވެއެވެ.

އީޝާ ވަޒީފާއިން ވަކިކޮށްފައިވާކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވަނީ މިފެބުރުއަރީ މަހުގެ 9 ވަނަ ދުވަހުގައެވެ. އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކާއި ގުޅޭ ގޮތުން ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

https://twitter.com/EashaAshraf/status/2026032166296334740

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް