Post banner
ރާއްޖެ

ނުރައްކާތެރި ނިޕާ ވައިރަސް ރާއްޖެ އެތެރެވުމުގެ ފުރުޞަތު ކުޑަކަމަށް އެޗްޕީއޭއިން ބުނެފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ނުރައްކާތެރި ނިޕާ ވައިރަސް ރާއްޖެ އެތެރެވުމުގެ ފުރުޞަތު ކުޑަކަމަށް އެޗްޕީއޭއިން ބުނެފި

އިންޑިއާގެ ވެސްޓް ބެންގާލްގައި ނިޕާ ވައިރަސް ފެތުރެން ފަށައި އެކަމާއި ގުޅިގެން އޭޝިއާގެ ޤައުމުތަކުން ކޯވިޑްގައި އެޅިފަދަ ފިޔަވަޅުތައް އަޅަން ފަށާފައި ވާއިރު، އެ ވައިރަސް ރާއްޖެއަށް އެތެރެވުމުގެ ފުރުޞަތު މިވަގުތު ކުޑަކަމުގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެކަމާއި ގުޅޭ ގޮތުން މާއްދާ4 އިން ކުރި ސުވާލާއި ގުޅިގެން އެޗްޕީއޭއިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، އިންޑިއާގެ ހުޅަނގު ބެންގޯލުގައި ވައިރަސް ފެތުރެމުން ދިޔަ ނަމަވެސް އިންޑިއާއިން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި އެކު އެ ވައިރަސް ރާއްޖެއަށް އެތެރެވުމަށް އޮތް ފުރުޞަތު ކުޑަ ކަމަށެވެ. މިގޮތުން އެބަޔާނުގައިބުނެފައި ވަނީ، ބުނީ އިންޑިއާގައި ނިޕާ ވައިރަހަށް ޕޮޒިޓިވް ވި މީހުންނާއި އެއްތާވީ މީހުން ކަރަންޓީންކޮށް ވައިރަސް ފެތުރުމަށް އޮތް ފުރުޞަތު ކުޑަކޮށް މީހުން ބަލަހައްޓަމުން ގެންދާ ކަމަށެވެ. މިހާތަނަށް 180 ވުރެ ގިނަ މީހުން ކަރަންޓީންކޮށްފައިވާ ކަމުގައި އިންޑިއާގެ ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފައި ވެއެވެ.

މީގެ އިތުރުން އެޗްޕީއޭގެ ބަޔާނުގައި ބުނެފައި ވަނީ، އެންމެ ފުރަތަމަ ބަލިޖެހުނު މީހުން ފިޔަވައި އެހެން ބަޔަކަށް ބަލި ފެތުރިފައި ނުވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ، ނިޕާ ވައިރަހާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް، މިވަގުތަށް އެކަށީގެންވާ މިންވަރަށް އަޅާފައިވާ ކަމަށާއި، އަދި ހާލަތު މޮނީޓަރކޮށް ބަލަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް