އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންފިއަންޝިޕްގެ ނޫނު އަތޮޅު ބުރުގެ މެޗުތައް މިއަދާއި މިރޭ އޮންނާނެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންފިއަންޝިޕްގެ ނޫނު އަތޮޅު ބުރުގެ މެޗެއްގެ ތެރެއިން --
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންފިއަންޝިޕްގެ ނޫނު އަތޮޅު ބުރުގެ ކުޅުން މިއަދާއި މިރޭ ކުރިއަށްދާނެއެވެ.
ހަވީރު 04:45 ގެ މެޗުގައި މަނަދޫ އަދި މަގޫދޫ ބައްދަލުކުރާއިރު،ރޭގަނޑު 08:30 ގެ މެޗުގައި ބައްދަލުކުރާނީ، ޅޮހި އަދި މާފަރެވެ. މުބާރާތުގެ ފުރަތަމަ ދެމެޗް މަނަދޫ އަދި މާފަރު ކާމިޔާބުކޮށް ދެޓީމުން ވެސް 3 ޕޮއިންޓް ހޯދާފައިވާއިރު ގޯލްުގެ ތަފާތުން، ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ މާފަރެވެ.
ތިން ވަނައިގައި މަގޫދޫ އެއްވެސް ފޮއިންޓެއް ނުލިބި އޮތް އިރު، މާފަރު ޓީމުގެ އަތުން ބަލިވި ޅޮހީ ޓީމަށް ލިބެނީ ޕޮއިންޓް ޓޭބަލްގެ ހަތަރު ވަނައެވެ.
ޚަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް