ފޭދޫ ސްކޫލުގެ ކެޑޭޓް ކޭމްޕްގައި ބައިވެރިވި 31 ކުއްޖަކަށް ކާނާވިހަވެގެން އަންނަނީ ފަރުވާދެމުން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކެޑޭޓް ކޭމްޕްގެ ބައިވެރިން --- ފޮޓޯ: ފޭދޫ ސްކޫލް
އައްޑޫ ސިޓީ ފޭދޫ ސްކޫލްގައި މިމަހު 22 ވަނަ ދުވަހުންފެށިގެން މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރ އިން އިންތިޒާމް ކޮށްގެން ބޭއްވި ކެޑޭޓް ކޭމްޕްގެ ބައިވެރިވި ކުދިންތަކަކަށް ކާނާ ވިހަވުމުގެ މައްސަލަ ދިމާވެއްޖެއެވެ،
މިގޮތުން ކޭމްޕް ކުރި ކުދިންގެ ތެރެއިން 31 ކުއްޖަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން 2 ކުއްޖަކު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ކާނާ ވިހަވުމުގެ މިމައްސަލަ އާއި ގުޅިގެން ފުލުހުން ގެންދަނީ، ކުދިން ކެއި ކާބޯތަކެތީގެ ސާމްޕަލްތައް ނަގައި މައްސަލަ ތަޙްޤީޤު ކުރަމުންނެވެ. ކުދިން ކާނާވިހަވީ، ކޮން އެއްޗެއް ކައިގެން ކަމެއް މިހާތަނަށް އަދި އެނގިފައެއް ނުވެއެވެ.
މި ކެޑޭޓް ކޭމްޕްގައި ބައިވެރިވި ކުދިން ކާނާ ވިހަވި މައްސަލަ ގާތުން ބަލަމުން އަންނަ ކަމުގައި އެޗްއާރްސީއެމްއިން ވެސް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް